މާސްޓަރސް ކޯހަށް ވަނުމަށް ބޭނުންވާ ޢަރަބި އެންޓްރަންސް އިމްތިހާނާ ބެހޭ

މާސްޓަރ އޮފް އާރޓްސް އިން އިސްލާމިކް ސަޓަޑީޒް ކޯހަށް ވަނުމަށް ބޭނުންވާ ޢަރަބި އެންޓްރަންސް އިމްތިހާނު ބޭއްވުމާ ބެހޭ

ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއިން ހިންގާ މާސްޓަރ އޮފް އާރޓްސް އިން އިސްލާމިކް ސަޓަޑީޒް ކޯހަށް ވަނުމަށް ބޭނުންވާ ތަޢުލީމީ ސަނަދު ޙާޞިލް ކޮއްފައިވަނީ ޢަރަބިބަސް ފިޔަވާ އެހެން ބަހަކުން ކަމުގައި ވަނީނަމަ ފެކަލްޓީން ދެވޭ ޢަރަބި ބަހުގެ އިމްތިޙާނަކުން ފާސްވާންޖެހެއެވެ. އެހެންކަމުން މިކޯހަށް ވަނުމަށް އެޕްލިކޭޝަން ހުށައަޅުއްވާ އެފަދަ ފަރާތްތަކުން މި ފެކަލްޓީން އިން ދޭ ޢަރަބި އެންޓްރަންސް އިމްތިޙާނުން ފާސްވެފައިވާކަން އެނގޭނެ ލިޔުމެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ވާނެއެވެ. އެހެންކަމުން 2016 ވަނައަހަރު ގެ ފުރަތަމަ ޓާރމުގައި ފެށުމަށް ހަމަޖެހިފައިވާ ކޯހަށް އަމާޒުކޮށްގެން ބޭއްވޭ އެންޓްރަންސް އިމްތިޙާނު 7  ޑިސެމްބަރ 2015 ވާ އާދީއްތަ ދުވަހު ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އިމްތިޙާނުގައި ބައިވެރިވާ ފަރާތުގެ ސަމާލުކަމަށް:

1.  ޢަރަބި އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ އޮފީހުން އަދި ފެކަލްޓިގެ ވެބްސައިޓް fis.mnu.edu.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

2.  އިމްތިޙާނުގެ ފީއަށްވާ -/500  ރުފިޔާ (ފައްސަތޭކަ ރުފިޔާ) 3 ޑިސެމްބަރ 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00ގެ ކުރިން އިދާރީ މަރުކަޒުގައި ހުންނަ ރެވެނިއު ސެކްޝަނަށް ދައްކަން ވާނެއެވެ.

3.   ފޯމު ފުރިހަމަކުރައްވާ ފީދެއްކެވުމަށްފަހު  3  ޑިސެމްބަރ 2015 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 15:00ގެ ކުރިން ޢަރަބި އެންޓްރަންސް އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމާއި އެކު އައިޑީ ކާޑުގެ ކޮޕީއެއް ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ އޮފީހަށް ހުށައަޅަން ވާނެއެވެ.

އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށައެޅުމާއި، ފީ ދެއްކުން އަދި އިމްތިޙާނު ހެދުން ކޯސް ހިންގުމަށް ހަމަޖެހިފައިވާ ޔުނިވަރސިޓީގެ ކޮންމެ ކެމްޕަހެއްގައިވެސް ކުރިއަށްދާނެއެވެ. އިމްތިޙާނުގެ ނަތީޖާ 27   އެޕްރީލް 2015 ވާ ހޯމަ ދުވަހުން ފެށިގެން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ އޮފީހުން ދޫކުރެވޭނެ އެވެ.

25ނޮވެމްބަރ 2015
 

ޕޯސްޓްކުރީ

Faculty of Law & Islamic Studies Twitter Feed
FacultyContactsLinks
Faculty of Law and Islamic Studies
Ameenee Magu
Male', Maldives
Tel: 334 5396
Fax: 334 5397
Email: flis@mnu.edu.mv
Part Time Lecturers
Students' Attendance
Queue Number