“ސީރަތުއްނަބަވިއްޔާ” މުބާރާތުގެ އިނާމުދިނުމުގެ ޖަލްސާ ރޭ ބާއްވައިފި

Seera

ސަޢުދީ ޢަރަބިއްޔާގެ ސިޔަރަތުއްނަބަވިއްޔާ ޢާއްމުކުރުމާ ބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއާއި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް ގުޅިގެން ހިންގަވާފައިވާ ސީރަތުއްނަބަވިއްޔާ ގެ ބައިނަލްއަޤްވާމީ މުބާރާތުގެ އިނާމްދިނުމުގެ ޙަފްލާ ރޭ ބާއްވައިފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ގެ ފައުންޑޭޝަން އޮޑިޓޯރިއަމް ގައި ރޭ ކުރިއަށް ދިޔަ މި ޖަލްސާގައި މުބާރާތުން އެއްވަނައަށް ދިޔަ ފަރާތަށް ފަސް ދުވަހުގެ ޢުމްރާ ދަތުރަކާއި މުބާރާތުގެ ހަނދާނީ އައްޑަނަ ދީފައިވެއެވެ. އެއްވަނައަށް ދާފަރާތަކީ އަންހެން ދަރިވަރެއްނަމަ ހަމަޖައްސާފައިވަނީ މަޙްރަމަކާއި އެކު ދަތުރު ކުރުމުގެ ޚަރަދާވެސް އެކީގައެވެ.

ދެވަނަ ފަރާތަކަށް އައިފޯން ސިކްސް އެސް، ހަނދާނީ އައްޑަނަ ދީފައިވާއިރު ތިންވަނަ އަށް ދިޔަ ފަރާތަށް އައިޕެޑް އެއާ އަކާއިއެކު ހަނދާނީ އައްޑަނައެއް ދީފައިވެއެވެ.

ރޭގެ ޙަފްލާގައި އިސްލާމިކް މިނިސްޓްރީގެ މުސްތަޝާރު އައްޝައިހް މުހައްމަދު ރަޝީދު އިބްރާހިމް އާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ ހިންގުމާ ހަވާލުވެލައްވައިގެން ހުންނެވި އުސްތާޒް ޠާރިޤް ޚައްދާމް ބައިވެރިވެ ވަޑައިގަތެވެ.

ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ދަރިވަރުންނާއި، ޢާއްމުންނާއި، ލެކްޗަރާއިން ގިނަ ޢަދަދަކަށް ބައިވެރިވެ ވަޑައިގެންނެވި މިޙަފްލާގައި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީން އައްޝައިހް އަލީ ޒާހިރު ބިން ސައީދު ގާސިމް ޢަރަބި ބަހުންނާ އަދި ދިވެހި ބަހުން ވާހަކަ ދައްކަވާފައިވެއެވެ.

image-9fe2377f2653c372e0052446372b5d25d14a53a686bbb187ea0db13da51f1060-V

ރޭގެ ޖަލްސާގައި ދިވެހި ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ފައްވާޒް އަލީ ޝަރީފް ދެއްކެވި ވާހަކަފުޅުގައި ސަޢޫދީއަރަބިއްޔާއާއި ދިވެހި ރާއްޖޭގެ ގުޅުންފާހަގަ ކުރައްވައި ޝުކުރު އަދާކުރުމާއި، އަދި މި މުބާރާތް ހިންގަވަމުންގެއްދަވާ މުއައްސަސާއަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް ޤައުމީ ޔުނިވަރސިޓީގެ ހިޔަލުގައި މިފަދަ މުހިއްމު ހެޔޮ ޕްރޮގްރާމެއް ބޭއްވުނުކަމުގެ މައްޗަށް އުފާކުރައްވައި، ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ ޑީން އަށާއި މުވައްޒަފުންނަށް ހިތްވަރު ދެއްވައި ޝުކުރު އަދާކުރެއްވިއެވެ.

އަދި ސީރަތުގެ ޕްރޮގްރާމަކީ ދަރިވަރުންގެ އަޚްލާޤަށް ހެޔޮ އަސަރު ކުރުވައި، ހެޔޮ ބަދަލު ގެނައުމަށް ބާރުއަޅާ ޕްރޮގްރާމެއްކަމުން، މިފަދަ ކޮންޕޯނެންޓެއް ޔުނިވަރސިޓީގެ ކޮންމެ ފެކަލްޓީއެއްގައި ވެސް ކޮންމެވެސް ގޮތަކުން ހިމެނޭތޯ މަސައްކަތްކުރާނެ ކަމަށްވެސް ޑރ.ފަވާޒް ވިދާޅުވިއެވެ.

މި މުބާރާތަކީ މި އުއްމަތުގެ މާތް، ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާ ގެ ތަޢާރުފާއި، އެކަލޭގެފާނުގެ މޫރިތި ސީރަތުފުޅާ މެދު އިސްލާމީ ދުނިޔޭގައި ހޭލުންތެރިކޮށް، އެކަލޭގެފާނަށް ނަޞްރު ދިނުމުގެ ގޮތުން ސަޢުދީ ޢަރަބިއްޔާގެ ޚާއްޞަ މުއައްސަސާއަކުން ކުރިއަށްގެންދާ ބައިނަލްއަޤްވާމީ މުބާރާތެއްގެ ބޮޅެކެވެ.

ޕޯސްޓްކުރީ

Faculty of Law & Islamic Studies Twitter Feed
FacultyContactsLinks
Faculty of Law and Islamic Studies
Ameenee Magu
Male', Maldives
Tel: 334 5396
Fax: 334 5397
Email: flis@mnu.edu.mv
Part Time Lecturers
Students' Attendance
Queue Number