ޔުނިވަރސިޓީގެ ތިންވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް ‘ތެވެލި’ ބާއްވައިފި

conf 3
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިންވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް “ތެވެލި” ފެށިފައިވަނީ 08 ސެޕްޓެމްބަރ 2019 ވީ އާދިއްތަ ދުވަހުގައެވެ. މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔަވާ ވިދާޅުވެދެއްވީ ފެކަލްޓީގެ ލެކްޗަރަރ އަލްޤާރީ ޢަބްދުއްރަޙްމާން ޔޫނުސް އެވެ. މި ކޮންފަރެންސް ގައި މިފެކަލްޓީގެ 14 ލެކްޗަރަރުން ނާއި 4 ދަރިވަރަކު ވަނީ 17 ޕޭޕަރެއް ހުށައަޅުއްވާފައެވެ.
ޕޭޕަރ ހުށައަޅުއްވާ ދެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:
1. ޑރ. މުޙައްމަދު އިޔާޒް ޢަބްދުލް ލަތީފް : “ތަރާވީޙް ނަމާދުގައި ކުރާނީ ކިތައް ރަކްޢަތް ”
2. ޑރ. އަބްދުއް ސައްތާރް އަބްދުއްރަޙްމާން : ” ބާރުވެރިފަރާތްތަކުން ކުރާ އަނިޔާތައް ހުއްޓުވުމަށް ވެރިން ދެއްވާފައިވާ އަހަމިއްޔަތާއި އެ ހުއްޓުވާނެގޮތް ( އިސްލާމީ ތާރީޚުގެ އަލީގައި )”
3. ޑރ. އަބްދުﷲ ޖަމީލް : “އިންސްޓޯލްމެންޓަށް މުދާ ވިއްކުމުގެ ޙުކުމް”
4. ޑރ. މުޙައްމަދު މުރްސަލީން : “الحرية وحرية التعبير في ضوءالأسلام دراسة تحليلية”
5. ޑރ. މުޙައްމަދު މުރްސަލީން :الحماعات الا سلاميةالعاملة في مجال الدعوة في جزيرة سريلانكا”
6. ޑރ. މުޙައްމަދު ރައުފް : “ Socio-Economic legal Impact of Divorce in Maldives :A case study of Male’ “
7. ޑރ.ޝާހަބް ޝައްބިރް : “Media in the Maldives : Beyond the legal and Institutional Binaries “
8. އައްޝައިޚް ފައްޔާޒް ޢަލީ މަނިކް : “ދީނުގައި ހަރިކަށިވުމާއި އޭގެ ޙައްލު ޤުރުއާނާއި ސުންނަތުގެ އަލީގައި ”
9. އައްޝައިޚް އުސްމާން ޔޫސުފް : “އިސްލާމީ ޝަރިޢަތުގައި އަންހެނުން ޤާޟީކަމަށް އިސްކުރުމުގެ ޙުކުމް ”
10. އައްޝައިޚް ނިމާލް މުޙައްމަދު : ” ޢާއިލީ ހަމަނުޖެހުމުގެ ސަބަބުން ދަރިވަރުގެ އަޚްލާޤަށް ކުރާ އަސަރު”
11. އާސިފް މޫސާ އިބްރާހިމް: “އިސްލާމީ ޝަރީޢަތުގައި ރަންރިހީގެ ގަހަނާއިން ޒަކާތްދެއްކުމުގެ ޙުކުމް ”
12. އައްޝައިޚް މުޙައްމަދު މަންސޫރު އާދަމް : “ދަރިން ތަރުބިއްޔަތު ކުރުމުގައި ދިވެހި ބަފައިން އަދާކުރަމުންގެންދާ ދައުރާއި އިސްލާމީ ޝަރުޢުގައި ނަމޫނާ ބައްޕައެއްގެ ޞިފަތައް ”
13. ޢަބްދުއްރަޙްމާން ޔޫނުސް : “ކީރިތި ޤުރުއާން މިއުޒިމީ ތަފާތުރާގުތަކަށް ކިޔެވުމުގެ ޙުކުމްޝަރުއީ ނަޒަރަކުން ”
14. ބަތޫލް ޒަހޫރް ޤާޒީ : “ Re-visiting domestic volence :Technoology facilitated intimate partner violence in Maldives
15. ޢަލީ ޒައިދު : ” ޢުމްރާގެ އަޅުކަން އަދާކުރުމުގައި ދިވެހިންނަށް ދިމާވާ ދަތިތަކާއި އޭގެ ޙައްލު ”
16. ނަޙްފާ މުޙައްމަދު ، ފާޠިމަތު ރިފްޤާ އަޙްމަދު : ” ޤާނޫން ނަންބަރު 2012/3 ( ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫން ) ގައި ހުރި މައްސަލަތައް ދެނެގަތުން
17. އިޙުސާނާ ޙާމިދު ،ރައުޙާ ޢަބްދުއްﷲ ނަޞީރު : ބިމާ ބެހޭ ޤާނުން ( 2012/1) ގައި ބިމުގެ މާނަ ނުކުރެވި އޮތުމަކީ ދިވެހިންގެ ހައްޤަށް ލިބޭ އުނިކަމެއްތަ؟
ދެ ދުވަހަށް ދެމިގެންދިޔަ މި ކޮންފަރެންސް ނިންމާލާފައި ވަނީ 9 ސެޕްޓެމްބަރ 2019 ވީ ހޯމަ ދުވަހުގެ ރޭގަނޑު އެވެ.

fayyu nmansoor n

ޕޯސްޓްކުރީ

Faculty of Law & Islamic Studies Twitter Feed
FacultyContactsLinks
Faculty of Law and Islamic Studies
Ameenee Magu
Male', Maldives
Tel: 334 5396
Fax: 334 5397
Email: flis@mnu.edu.mv
Part Time Lecturers
Students' Attendance
Queue Number