މި ކޯހަކީ ޢަރަބި އިސްލާމީ ތަޢުލީމު ޙާޞިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން 1 އަހަރު ދުވަހުގެ މުއްދަތަށް ހިންގޭ ކޯހެކެވެ. މި ކޯސް ފަރުމާ ކުރެވިފައިވަނީ، ދަރިވަރުން ދަސްވެނިވާ އިރު ޢަރަބި ބަހުން މުޢާމަލާތްކުރުމާއި ލިޔެކިޔުމަށް، ދުނިޔޭގެ އެހެނިހެން މިފަދަ ޕޮރުގުރާމްތަކުން އަހުލުވެރިކުރާ މިންވަރަށް އަހުލުވެރިކޮށްދެވޭ ފަދަ ގޮތަކަށް ވިސްނައިގެންނެވެ. މި ކޯހަކީ އިސްލާމީ ތަޢުލީމުގައި ކުރިއަށް ދިޔުމަށް ބޭނުންވާ އެންމެހާ ފަރާތްތަކާއި، ޓުއަރިޒަމާއި، ވިޔަފާރިއާއި، ނޫސްވެރިކަމާއި އަދި މިނޫންވެސް ޢަރަބި ބަސް މުހިއްމުވާ ދާއިރާތަކުގެ ބޭފުޅުންނަށް ވަރަށް ބޭނުންތެރި ކޯހެކެވެ.
ކޯހުގެ މުއްދަތު: މިއީ 1 އަހަރު ދުވަހުގެ (2 ސެމެސްޓަރ) ފުލްޓައިމް ކޯހެކެވެ.
ޝަރުތު:
- ޖީ.ސީ.އީ އޯލެވެލް/ އެސް.އެސް.ސީ އިން 3 މާއްދާއިން ފާސްވެފައިވުން، ނުވަތަ
- ގުޅުން ހުރި ދާއިރާއަކުން ލެވެލް 3 ގެ ސަޓިފިކެޓެއް ޙާސިލުކޮށްފައިވުން، ނުވަތަ
- ޝަހާދާ ސާނަވިއްޔާގެ ފުރަތަމަ އަހަރު ނިންމާފައިވުން، ނުވަތަ
- އުމުރުން 18 އަހަރުފުރި 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.