ޑީން ގެ ބަސް

ޑީން ގެ ބަސް

بسم الله الرحمن الرحيم

ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ ވެބްސައިޓަށް ޒިޔާރަތް ކުރައްވާ ލޮބުވެތި އަޚުންނާ އުޚުތުންނަށް މަރުހަބާ ދަންނަވަމެވެ. މި ވެބްސައިޓަކީ ފެކަލްޓީއާ ގުޅޭ ސައްޙަ މަޢުލޫމާތާއި އެންމެ ފަހުގެ ޚަބަރުތައް ތިޔަބޭފުޅުންނާއި ހަމައަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ހިންގާ ވެބްސައިޓެކެވެ.
ދެބަސްވެވަޑައި ނުގަންނަވާނޭ ފަދައިން ކޮންމެ މީހަކަށްވެސް އެންމެ މުހިންމު އެކައްޗަކީ ޢިލްމެވެ. ޢިލްމާ ނުލައި ކުރިއެރުމެއް، ތަރައްޤީވުމެއް، ކާމިޔާބެއްނެތެވެ. ދެދުނިޔޭގެ ފަލާޙާއި ބާއްޖަވެރިކަން އޮތީ ޢިލްމު ހޯދުމުގެ މައްޗަށެވެ. ޢިލުމު ހޯދަންވީ ތިމާ އާއި އަނެކާގެ ކިބައިން ޖާހިލުކަން ފިލުވާލާށެވެ. ތިމާގެ މޮޅުކަން ދެއްކުމަކަށް ނޫނެވެ. ބޮޑާ ވުމަކަށް ފަޚުރުވެރިވުމަކަށް ނޫނެވެ.
ތަރައްޤީއާއި ތަހްޒީބުގެ އެތައް ހަރުފަތްތަކެއް އަޅުގަޑުމެން ގިރާކޮއްފައިވާ އިރު، ޤާނޫނުތަކާއި ޤަވާޢިދުތަށް މިއަދު އެބަ އެގެންޖެހެއެވެ. އިސްލާމީ ޝަރީޢަތާއި އޭގެ ޙުކުމްތައް އެބަ ދަސްކުރަންޖެހެއެވެ. ދީނުގެ މައިގަޑު ބައިތައް ކަމުގައިވާ ޢަޤީދާ އާއި އަޅުކަމާއި މުޢާމަލާތާއި އަޚްލާޤު އެބަ އުނގެނެންޖެހެއެވެ. ބޭރު ބަސްތަކުން ވާހަކ ދެއްކުމަށް ފަރިތަވެފައިވާ މިފަދަ ޒަމާނެއްގައި އިސްލާމުންނަށް ވާތީ ކޮންމެވެސް ވަރަކަށް ޢަރަބިބަސް ވެސް އެބަ ދަސްކުރަންޖެހެއެވެ. މި މުހިއްމު ޢިލްމުތަކާއި ފަންނުތައް ދިވެހިންނަށާއި ބޭރު މީހުންނަށް ފޯރު ކޮއްދިނުމަށް ރެއާއި ދުވާލު ފޯރިއާއި ޖޯޝުގައި މަސައްކަތް ކުރާ އެއްބަޔަކީ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްގެ މުވައްޒަފުންގެ ޓީމެވެ. އަޅުގަނޑަށް މިފަދަ ޓީމެއް ލިބުމަކީ އަޅުގަނޑުގެ ނަސީބެވެ.
ފެކަލްޓީއިން އެންމެ ބޮޑު އިސްކަމެއްދެމުން މިދަނީ ދަރިވަރުންގެ ކިޔެވުމަށާއި އެކުދީންގެ ހުނަރާއި ޤާބިލުކަން އިތުރު ކުރުމަށެވެ. ދީނާއި ޤައުމު ދެކެ ލޯބިވާ، ހަމައާއި އިންސާފު ޤަބޫލުކުރާ، ދީނުގައިވާ ޢަދުލުވެރި މެދުމިނުގެ ހަމަތަކަށް ތަބާވާ ދަރީންތަކެއް ތަރުބިއްޔަތު ކުރެވޭތޯއެވެ. މިވީހާތަނަށް ކުރެވިފައިވާ މަސައްކަތަށް ބަލާއިރު ﷲ ގެ ހެޔޮރަޙްމަތުން މިފެކްޓީ އިން އަލިވެ އުޖާލަވި އެތައް ތަރިއެއް ދިވެހި ޖައްވުގައި މިއަދު ވިދާ ބަބުޅަމުން އެބަދެއެވެ.
ކުރިން ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ އާއި ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަކި ވަކި ދެ ފެކަލްޓީ ކަމަށް ވިއަސް 2018 ވަނަ އަހަރުން ފެށިގެން އެ ދެތަން މިވަނީ އެއް ފުރާޅެއްގެ ދަށަށް ގެނެވި އާ ޢަޒުމަކާއި އެކު މަސައްކަތް ފެށިފައެވެ. މިފެކަލްޓީގައި މިވަގުތު ކިޔަވަމުންދާ ދަރިވަރުންނަށާއި އަލަށް ގުޅިވަޑައިގަންނަވަން ބޭނުންފުޅުވާ ހުރިހާ ބޭފުޅުންނަށް މިވެބްސައިޓް މެދުވެރިކޮށް މަރުޙަބާ ދަންނަވަމެވެ.

Faculty of Law & Islamic Studies Twitter Feed
FacultyContactsLinks
Faculty of Islamic Studies
Ameenee Magu
Male', Maldives
Tel: 334 5396
Fax: 334 5397
Email: fis@mnu.edu.mv
Part Time Lecturers
Students' Attendance
Queue Number